ކޯލިޝަން ހެދުމަށް ވުރެ މިވަގުތު ފޯކަސް ހުރީ ކެމްޕޭން ކުރިއަށްވުރެ ބާރަށް ކުރިއަށް ގެންދަން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް އަލުން ފެށުމަށް ދަނޑިކޮށި ޖަގަހައިގައި ބޭއްވި ޖަލްސާ އަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެެވެ. ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ދެވަނަ ބުރުގައި ކޯލިޝަން ހަދަން ހުރިހާ ޕާޓީތަކަށް ވެސް ދޮރު ހުޅުވިފައި އޮތް ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ މިހާރު އަމާޒަކީ ކެމްޕޭން ބާރަށް ޖެއްސުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދާފައިވާ ދަ ޑިމޮކްރެޓްސް އިން އެމްޑީޕީއަށް މިހާތަނަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ހުރިހާ ޕާޓީތަކާއެކު ވާހަކަ ދެކެވޭ ކަމަށާއި އެހެން ނަމަވެސް ކޯލިޝަނަކަށް ވުރެ ބޮޑަށް ފޯކަސް މިވަގުތު ހުރީ ކެމްޕޭނަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވާހަކަ ދައްކަން ބޭނުންވާ ބަޔަކާ ވާހަކަ ދެއްކޭނީ، އަޅުގަނޑުމެން އޯޕަން އިނގޭތޯ.، އެއަށް ވުރެ ބޮޑަށް އަޅުގަނޑުމެންގެ ފޯކަސް އޮތީ ހަމަ ކެމްޕޭނަށް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ދެވަނަ ބުރުގައި ގަދަ އަޅައި މަސައްކަތް ކޮށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން