އިންތިޚާބާ ކައިރިކޮށް ހުޅުމާލެއިން ގޯތި ދިން މައްސަލަ އޭސީސީން ބަލަން ފަށައިފިއެވެ.
އޭސީސީން ހާމަކުރިގޮތުގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާއި ގުޅުވައިގެން އެ ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ހުޅުމާލެއިން ގޯތި ދިން ގޮތުގެ މައްސަލަ ހިމެނޭ ކަމަށެވެ. އަދި އިންތިހާބާއި ގުޅިގެން ކޮރަޕްޝަންގެ 56 މައްސަލައެއް ހުށަހަޅާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ހާމަކުރިއެވެ.
މިކަމާ ބެހޭގޮތުން އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުޙައްމަދު ދީދީ ވިދާޅުވީ، މި މައްސަލަތަކުގެ ތެރެއިން ހަތް މައްސަލައެއްގެ ތަހުގީގު ކުރަން ޖެހޭ ކަމަށް ކޮމިޝަނަށް ފެންނާތީ މިހާރު އެކަމުގެ ތަހުގީގީ މަރުހަލާ ކުރިއަށް އެބަދާ ކަމަށެވެ. އަދި ހުޅުމާލެއިން ގޯތި ދިން ގޮތާއި ގުރުއަތުލުން ކުރިއަށް ދިޔަ ގޮތް ވެސް ތަހުގީގު ކުރާނެ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީއަށް ހުށައެޅި އިތުރު މައްސަލަތަކަށް ބަލާއިރު ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ރިޝްވަތާ ގުޅުން ހުރި މައްސަލަތައް ހިމެނޭކަމަށް ނިޝާން ވިދާޅުވިއެވެ. އަދި އެ މައްސަލަތަކަށް އަޅަންޖެހޭ އެކަށޭނަ ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ،އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވިގޮތުގައި އިންތިޚާބު ތެރޭގައި ރިޝްވަތު ދިނުމުގެ ދެ މައްސަލައެއް ފެންމަތިވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު