ރޭގަނޑުގެ ވަގުތެއްގައި ހިޔާ ފްލެޓެއްގެ ބެލްކަނީގައި ހުރެ ތުއްތު ކުއްޖަކު ރޮއެ ހަޅޭއްލަވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

51 ސިކުންތުގެ މި ވީޑިއޯ ހިއްސާކޮށްފައިވަނީ "މި މީހާ" ނަމަކަށް ކިޔާ ފޭސްބުކް އެކައުންޓަކުންނެވެ. ވީޑިއޯގައި ހަމަ ހޭވެރިކަން ނުވާ ވަރުގެ ކުޑަކުއްޖަކު ހިޔާ ފްލެޓެއއގެ ބެލްކަނީގައި ހުރެ ގިސްލާ ރޯ އަޑު އިވެއެވެ. އަދި އެ ކުއްޖާ ބެލްކަނީގެ ދޮރު ހުޅުވައިގެން ގޭތެރެއަށް ވަންނަން މަސައްކަތްކުރާ މަންޒަރު މި ވިޑިއޯއިން ފެނެއެވެ. އަދި އެކުއްޖާ ރޮމުން "މަންމާ ހުޅުވާ" ށޭ ގޮވައި ދޮރު ހުޅުވައި ދިނުމަށް ބުނާ އަޑުވެސް އިވެއެވެ.

މި އަމަލު ހިންގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ޓަވަރު 6 ގެ އެޕާޓްމަންޓެއްގައި ކަމަށް ޕޯސްޓްގައި ލިޔެފަެި ވެއެވެ. ޕޯސްޓުގައި ލިޔުނު ފަރާތުން ބުނެފައިވާ ގޮތުގައި އެ ކުއްޖާ ބެލްކަންޏަށް ނެރެފައިވަނީ ބަރަހަނާ ޙާލުގައެެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ހިޔާ ފްލެޓެއްގެ އެޕާޓްމެންޓެއްގެ ބެލްކަނީގައި ކުޑަ ކުއްޖަކު ރޯން ހުރި ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ލިބިގެން ފުުލުހުން އެޓެންޑްވެފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަަމަށްވެސް ފުލުހުން ބުންޏެވެ.

ކުޑަކުދިންގެ މިފަދަ ހައްގުތައް ރައްކާތެރިކޮށްދީ ކަށަވަރު ކޮށްދިނުމަށް ކުޑަކުދިންނާ ގުޅޭ ތަފާތު ގާނޫމުތައް ވުޖޫދު ކުރެވިފައި ވީ ނަމަވެސް ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ހުސާބުން މިފަފަ ގިނަ މައްސަލަތައް، ކަމާބެހޭ ފަރާތްތަކަށް ހުށައައި ރިޕޯޓް ކުރަމުންދާކަން ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން