ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓެއްގެ ބެލްކަންޏަށް ކުޑަކުއްޖަކު ނެރެ ތަޅުލާފައި ބެހެއްޓި މައްސަލަ ކަމާއި ބެހޭ އިދާރާތަކުން ބަަލަންފަށާފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފިއެވެ.

ރޭގެ ވަގުތެއްގައި ހިނގި މިޙާދިސާގެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ. މިމައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް އައިސްފައިވާކަމަށް އެކޮމިޝަނުން ބުނެއެވެ.

މި މައްސަލަ އާއި ގުޅިގެން އެޗްއާރުސީއެމުން ވަނީ ކުޑަކުދިންނާ ގުޅުން ހުރި މިފަދަ ވީޑިއޯތައް މީސް މީޑިއާގައި ދައުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ. މިފަދަ ވީޑިއޯތައް ދައުރުކުރުމަކީ ކުޑަކުދިންގެ ކަރާމާތަށް އަސަރު ކޮށްފާނެ ކަމެއް ކަމަށާ އެފަދަ ޢަމަލުތައް ނުކުރުމަށްވެސް އެޗްއާރުސީއެމްއިން ބުނެއެވެ.

ރޭގަނޑުގެ ވަގުތެއްގައި ހިޔާ ފްލެޓެއްގެ ބެލްކަނީގައި ހުރެ ތުއްތު ކުއްޖަކު ރޮއެ ހަޅޭއްލަވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. 51 ސިކުންތުގެ މި ވީޑިއޯ ހިއްސާކޮށްފައިވަނީ "މި މީހާ" ނަމަކަށް ކިޔާ ފޭސްބުކް އެކައުންޓަކުންނެވެ.

ވީޑިއޯގައި ހަމަ ހޭވެރިކަން ނުވާ ވަރުގެ ކުޑަކުއްޖަކު ހިޔާ ފްލެޓެއއގެ ބެލްކަނީގައި ހުރެ ގިސްލާ ރޯ އަޑު އިވެއެވެ. އަދި އެ ކުއްޖާ ބެލްކަނީގެ ދޮރު ހުޅުވައިގެން ގޭތެރެއަށް ވަންނަން މަސައްކަތްކުރާ މަންޒަރު މި ވިޑިއޯއިން ފެނެއެވެ. އަދި އެކުއްޖާ ރޮމުން "މަންމާ ހުޅުވާ" ށޭ ގޮވައި ދޮރު ހުޅުވައި ދިނުމަށް ބުނާ އަޑުވެސް އިވެއެވެ.

މި އަމަލު ހިންގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ޓަވަރު 6 ގެ އެޕާޓްމަންޓެއްގައި ކަމަށް ޕޯސްޓްގައި ލިޔެފައިވެއެވެ. ޕޯސްޓުގައި ލިޔުނު ފަރާތުން ބުނެފައިވާ ގޮތުގައި އެ ކުއްޖާ ބެލްކަންޏަށް ނެރެފައިވަނީ ބަރަހަނާ ޙާލުގައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން