މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން

ކުރިއަށް ގެންދިޔަ ހއ. ހޯރަފުށީ އެއަރޕޯރޓް ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫޢުގެ ދަށުނ،ް 18,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއ،ި 44 މީޓަރުގެ އެއްގަމުތޮށި ލުމާއ،ި އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހެދުމާއ،ި 49 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހާ ޖެޓީ ސަރަޙައްދު ހިމާޔަތް ކުރުމާއ،ި

51,587 ކިއުބިކް މީޓަރުގެ ޖެޓީ ސަރަޙައްދުގެ ބިން ހިއްކުމާއ،ި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރެވިފައިވެއެވެ.

މި މަޝްރޫޢަކީ 5.65 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން