ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލޯފަން މީހުންގެ ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލީ 45 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބުގެ ފުރަތަމަ ބުރުގައި، ލޯފަން މީހުންގެ ޓެމްޕްލޭޓު ބޭނުންކޮށްގެން 45 މީހުން ވޯޓްލާފައިވާ ކަމަށެވެ. އެގޮތުން އަލަށް ތައާރަފްކުރި ލޯފަން މީހުންގެ ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލާފައި ވަނީ 32 ފިރިހެނުން އަދި 13 އަންހެނުން ކަމަށް އެ ކޮމިޝަނުން ބުންޏެވެެ.

ބެލޮޓް ޕޭޕާ ޓެމްޕްލޭޓަކީ ވޯޓު ކަރުދާހާ އެއްވަރަށް ޕްލާސްޓިކުން ތައްޔާރުކޮށްފައި އޮންނަ އެއްޗެކެވެ. އޭގެ ބޭނުމަކީ ލޮލަށް ނުފެންނަ މީހުންނަށް ވެސް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އެމީހަކު ބޭނުންވާ ނަމްބަރެއްގައި ފާހަގަ ޖެހުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މިއީ ރާއްޖޭގެ ބެލޮޓް ޕޭޕާ ޓެމްޕްލޭޓް ބޭނުންކޮށްގެން ލޯފަން މީހުން ވޯޓް ލުމުގެ ފުރުސަތު ދިން ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެެވެއެވެ.

މީގެ ކުރިން ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުން ވޯޓު ލަނީ އެހެން މީހެއްގެ އެހީތެރިކަން ހޯދައިގެންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން