ލ. ކަލައިދޫ – ދަނބިދޫ ކޯޒްވޭ ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ސައިޓް ތައްޔާރުކޮށް ބޭނުންވާ އާލާތްތައް ގެންގޮއްސިއެވެ.

މި މަޝްރޫޢުގެ ދަށުން، 42,624 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 271 މީޓަރުގެ ސަރަޙައްދެއްގައި

ރިވެޓްމެންޓް ޖެހުމާއ،ި 752 މީޓަރުގެ ސްކައުރިންގ އޭޕްރަން ހެދުމާއި 315 މީޓަރުގެ ބްރިޖެއް ހެދުމާއި 714 މީޓަރުގެ

ރީޓެއިނިންގ ފާރެއް ހެދުމާއި 7,266 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދު ޤާއިމުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ލ. ކަލައިދޫ، ލ. އިސްދޫ އަދި ލ. ދަނބިދޫ އަކީ އާއިލީގޮތުންވެސް ގުޅިފައިވާ ރައްޔިތުންތަކެއް ދިރިއުޅޭ 3 ރަށެވެ. މި 3 ރަށަކީވެސް ބިމުގެ ޖާގައިގެ ގޮތުން ތަނަވަސް ތިން ރަށަށްވާއިރު، އިސްދޫ އަދި ކަލައިދޫ އަކީ އެއް ފަސްގަނޑުގައި އޮންނަ ދެ ރަށެވެ. އަދ،ި ދަނބިދޫ އަކީ ވަކިން އޮންނަ ރަށަކަށްވީއިރު، ލ. ދަނބިދޫ އާއި ކަލައިދޫ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫޢު ނިމުމުން މި 3 ރަށް އެކީގައި ގުޅިގެން ދާނެއެވެ. ހަމައެހެންމެ މި 3 ރަށުގެ އާބާދީ އެއްކޮށްލުމުން 3,532 މީހުންގެ ހެޔޮވަރުގެ އާބާދީއެއް އެއްފަސް ކުރެވުނީއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑްއިންފްރާސްޓްރަކްޗަރގެ ފަރާތުން މިއެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަގަކީ 144.38 މިލިއަން ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން