ސަރުކާރުގެ ބައެއް ވެރިންގެ އޮފީސްތައް ހުސް ކުރަން ފެށި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދޮގުކޮށްފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ވާހަކަތައް އެ އޮފީހަށް ނިސްބަތްކޮށް ދައްކައި ނޫސްތަކުގައި ލިޔަމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ އޮފީހަށް ހުށަހެޅޭ ލިޔުންތަކާއި، މައްސަލަތަކުގެ ލިޔުންތަކަކީ ވަކި ހަމައަކުން ބަލަހައްޓައި ރައްކާކުރެވޭ ތަކެތި ކަމަަށް އެބަޔާނުގައިވެއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނިގޮތުގައި އޮފީހުގެ ހިންގުން އިންތިޒާމު ކުރެވިފައި އޮންނަގޮތުން މައްސަލަތަކުގެ ލިޔުންތަކަކީ ނައްތައިލެވޭނެ ތަކެއްޗެއް ނޫން ކަމަށެވެ. އަދި އެ އޮފީހުގެ ލިޔެކިޔުންތަކަކީ ބަރާބަރަށް އާކައިވް ކުރެވޭ ލިޔުންތަކެއް ކަމަށް އެ ބަޔާނުގައިވެއެވެ.



"މި އޮފީހުން ނިންމާ ނިންމުންތަކަކީ އަބަދުވެސް އެ ނިންމުން ނިންމާ ސަބަބާއެކު ރެކޯޑްކުރެވޭ ނިންމުންތަކެކެވެ. އަދި މި އޮފީހުގެ ލިޔުންތަކަކީ ވަކި ހަމައަކުން އާރކައިވް ކުރެވެމުންދާ ތަކެއްޗެވެ. ދެ ގޮތަކަށް އާރކައިވް ކުރެވެއެވެ. ޑިޖިޓަލް އަދި ފިޒިކަލް އާރކައިވްއެވެ." ޕީޖީ އޮޕީހުން ނެރުނު ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން