ރާއްޖޭގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ސާބިތުނުހިފޭ ދޮގު ވާހަކަތައް އިދިކޮޅު ފަރާތްތަކުން ފަތުރަނީ ރާއްޖޭގެ ޤައުމިއްޔަތު ރޫޅާލުމަށްކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ނަޒީރު ވިދާޅުވީ ސިޔާސީ ބޭނުމަކަށްވެސް ސަލާމަތީ ބާރުތަކުގެ އަބުރު ކަތިލުމާއި، ނަންކިލަނބު ކުރުމަށް ހިންގާ ޙަރަކާތްތައް ބަލައި ނުގަނެވޭނެ ކަމަށެވެ. އެގޮތުން ސަލާމަތީ ބާރުތަކާ ދެކޮޅަށް ސާބިތުނުހިފޭ ދޮގު ވާހަކަތައް ބައެއް ފަރާތްތަކުން ފަތުރަމުންދަނީ ރާއްޖޭގެ ޤައުމިއްޔަތު ރޫޅާލުމަށްކަމަށް ނަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވެރިކަން ހޯދުމުގެ ދަހިވެތިކަމުގައިވެސް ސަލާމަތީ ބާރުތަކުގެ އަގުވައްޓާލުމަކީ ކުރެވޭ މޮޅުކަމަކަށް ނުވާނެ ކަމަށެވެ. އަދި ގައުމުގެ އަސްކަރިއްޔާ އެ މިންވަރަށް ކިލަނބު ކޮށްލުމަކީ ނުޙައްޤުން ޤައުމަށް ދެވޭ އަނިޔާއެއް ކަމަށް ވެސް ނަޒީރު ވިދާޅުވިއެވެ.

"ސިޔާސީ މީހުންނަށް އަޅުގަނޑު ޚަބަރުދާރު ބުނަން، ދިވެހި ސިފައިންގެ އަގު ވައްޓާ ނުލުމަށް، އެކަން ކުރައްވަން އުޅުއްވާނެ ކަމެއް ނެތް،" ރާއްޖޭގައި އިންޑިޔާގެ ސިފައިން ތިބި ކަމަށާއި މިިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ ތަކަށް ރައްދު ދެއްވަމުން ނަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން