ސާވޭ ކުރުމުގެ ނަމުގައި ދަރިވަރުންގެ އައިޑީ ކާޑު ކޮޕީ ހޯދަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދަރިވަރުންނަށް އަމާޒުކޮށްގެން ސާވޭ ކުރުމުގެ ނަމުގައި އެ ދަރިވަރުންގެ އައިޑީ ކާޑު ކޮޕީ ހޯދަމުން ގެންދާ ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށެވެ. ފުލުހުން ވަނީ މިފަދަ ލިއުންތައް ހިއްސާ ނުކުުރުމަށް އިލްތިމާސްކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ، މިފަދަ ޑޮކިއުމެންޓްތަކުގައި ހިމެނޭ މައުލޫމާތުތަކަކީ ސްކޭމްތައް ހިންގުމަށް ނުވަތަ އައިޑެންޓިޓީ ތެފްޓް ފަދަ އެހެނިހެން ކުއްތަކަށް އަރައިގަތުމަށް ބޭނުން ކުރެވޭނެ މައުލޫމާތުތައް ކަމަށެވެ. އަދި އެއްވެސް ފަރާތްތަކާއި މިފަދަ ޒާތީ މައުލޫމާތު ހިމެނޭ ލިއުންތައް ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެެވެ.

ރާއްޖޭގައި މިފަހަކަށް އައިސް އެކި ނަންނަމުގައި ހިންގާ ސްކޭމްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބައެއް ފަހަރު ޒާތީ މައުލޫމާތު ހޯދައިގެން އެހެން މީހެއްގެ ނަމުގައި ސްކޭމްތައް ހިންގާފައި ހުންނައިރު ކަމާއި ގުޅޭ އިދާރާތަކުން ދަނީ ޒާތީ މައުލޫމާތު އިތުބާރު ނުކުރެވޭ އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށް އެދެމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން