ކުރިން އެންގުމަކާ ނުލައި ވެރި ރަށް މާލޭގައި އެއްވުން މަނާ ކުރަން ގާނޫނަށް ގެނެސްފައި އޮތް އިސްލާހު އުވާލަން ހުށަހަޅާފައި އޮތް ބިލުގެ މަސައްކަތް އަވަސް ކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ގޮވާލައިފިއެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ ކުރިން އެންގުމަކާ ނުލައި، ހުއްދަ ހޯދުމެއް ނެތި އެއްވުން މަނާކޮށްފައި ވަނީ ގާނޫނު އަސާސީ އާއި މުއާހަދާތަކާ ހިލާފަށް ކަމަށެވެ.

އެ ގާނޫނުގެ އެ މައްދާ އުވާލުމުގެ ބިލު 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާއިރު އެ އިސްލާހު އަވަސް ކުރުމަށް އޯގަސްޓް 14، ގައި ރައްޔިތުންގެ މަޖިލީހުގައި އެ ކޮމިޝަނުން އެދިފައިވާނެކަމަށް އެޗްއާރުސީއެމުން ބުނެއެވެ.

އެޗްއާރުސީއެމުން ބުނީ ބިލުގެ މަސައްކަތް އަވަސްކޮށް، އެއްވެ އުޅުމުގެ މިނިވަންކަމަށް ގެނެސްފައިވާ ހަނިކުރަން އުވާލަންޖެހޭކަމަށެވެ.

އެއްވެ އުޅުމުގެ ގާނޫނަށް މި އިސްލާހު ގެނެސްފައިވަނީ ކުރީގެ ރައީސް އަބްދުﷲޔާމީންގެ ވެރިކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން