ސޯޝަލް އަދި ހެލްތު ދާއިރާގެ މުސާރައިގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުުން ހައްލެއް ގެނެސްފިއެވެ.

ސަރުކާރުން ބުނީ ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތު އެންޑް ސޯޝަލް ހެލްތު ސެކްޓަރއާއި ސޯޝަލް ސަރވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ފަރާތުން ހުށަހަޅުއްވާފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްފަހު ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލަތައް ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުހިންމު ނިންމެވުންތަކެއް ނިންމަވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ މިއަހަރުގެ މެއި 1އިން ފެށިގެން ދައުލަތުން ޕޭ ފްރޭމްވަރކަށް ހިޖުރަކުރި ޞިއްޙީ ފަންނުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވާފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސާ މަޝްވަރާކުރެއްވުމަށް ފަހު ޕޭ ފްރޭމްވަރކަށް ހިޖުރަކުރި ސޯޝަލް ސަރވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސެވުމަށެވެ.

މީގެ އިތުރުނ،ް ޕޭ ފްރޭމްވަރކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތު އެންޑް ސޯޝަލް ހެލްތު ސެކްޓަރ މެޓްރިކްސްތަކުގައި ހިމެނޭ ޑިއުޓީ އުސޫލުން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށްވެސް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

މި ބަދަލުތައް ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވުމަށްފަހު މި ދާއިރާތަކުގެ އެކި ބޭފުޅުންނާ މަޝްވަރާކުރައްވައ،ި އެ ބޭފުޅުންގެ ލަފަޔާ އިރުޝާދުގެވެސް މަތީންކަމަށް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުން ބުނީ މި ނިންމެވުންތަކާއެކު ޞިއްޙީ ފަންނުވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން