ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލާން ކައިރިވެފަ އޮއްވާ ނިޒާމީ ވޯޓް ނަގަން ދަ ޑިމޮކްރެޓްސްއިން ގޮވާލަނީ އެ ޕާޓީއަށް އިންތިޚާބުގެ ފުރަތަމަ ބުރުގައި 15000 ވޯޓު ކާމިޔާބުކުރެވުނީމަތޯއޭ ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސާ) ސުވާލު އުފައްދަވައިފިއެވެ.

ރީކޯ މިއަދު ވަނީ ދެވަނަ ބުރުގެ ވޯޓުލުން ކައިރިވެފައި އޮއްވާ އެކަން ހުއްޓުވާފައި އިލެކްޝަންސް ކޮމިޝަނުން ނުކުމެ ނިޒާމީ ވޯޓެއް ނަގަން ބުނަނީ ކީއްވެގެންކަމާއި ދޭތެރޭ ސުވާލު އުފައްދަވާފައެވެ.

"ރިޔާސީ އިންތިޚާބެއްގެ ފުރަތަމަބުރު ނިމި ދެވަނަބުރައް ގޮސް ވޯޓުލާންއޮއްވާ އެކަންހުއްޓާފައި އިލެކްޝަނުން ނުކުމެ ނިޒާމީ ވޯޓެއްނަގަން މިބުނަނީ ކެންޑިޑޭޓަކުނެރެގެން 15ހާސް ވޯޓުލިބުނީމަތޯ؟ ދެވަނަބުރުގައި ވޯޓަކީ ކިހިނެއްވާވޯޓެއްކަން އެވެރިންނަށް ސާފުވެއްޖެހެންހީވަނީ!" ރީކޯ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ކަންކުރާނެ ގޮތެއް ނިންމުމަށް ޑިމޮކްރެޓްސްގެ ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން އެމްޑީޕީއާއި ޕީޕީއެމާއެކު ވެސް ކޯލިޝަން މަޝްވަރާތައް އެޕާޓީން ވަނީ ފަށާފައެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ދެވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ރައްޔިތުންނަށް ދޭންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އިލިޔާސްގެ ރަނިންގ މޭޓް ހުސެއިން އަމްރު ވިދާޅުވީ "ރައްޔިތުންނާ ހަމަޔަށް ގޮތް ނިންމަން ގެންދެވޭނެ ހަމައެކަނި ވަގުތަކީ އިންތިހާބެއްގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދޭތެރޭ،" ގައި ކަމަށެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މިމަހު 25 ގައި ނިޒާމީ ވޯޓަކަށް ދިޔުމަށް ޑިމްކޮރެޓްސް އިން ހުށައަޅާފައިވާއިރު ނޮވެމްބަރު މަހު 30ގެ ކުރިން ނިޒާމް ބަދަލުކުރުމާ ގުޅޭ ގަރާރެއް ވެސް ރައްޔިތުންގެ މަޖިލީހަށް އެޕާޓީން މިހާރު ވަނީ ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން