ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ އިތުރު ކަންކަމަށް ބޭނުންކުރެވޭނެ ގޮތް ހަދާނެކަަމަށް ވިދާޅުވެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވި ސިޔާސަތަށް ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ފާޑު ވިދާޅުވެއްޖެއެވެ.

އދ. މަހިބަދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ ދައުލަތުގެ ޕެންޝަން ފަންޑުގައި 20 ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި އަދި އަހަރަކު 100 މިލިއަން ރުފިޔާގެ ފައިދާ އެ ފަންޑަށް ޖަމާވަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ފަންޑުގެ ގާނޫނު އޮންނަ ގޮތުން އާންމުންނަށް އެންމެ ރަނގަޅަށް ފައިދާ ނުކުރާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ލޯނުގެ އުސޫލުން އެޕާޓްމަންޓް ގަތުމަށާއި ހައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންކުރުމުގެ އިތުރުން، އެހެން ކަންކަމަށްވެސް ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވާނެކަމަށެވެ.



މުއިއްޒުގެ ވާހަކަތަކަށް ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވަނީ ރައްދު ދެއްވާފައެވެ. ސަމީރު ވިދާޅުވީ ވެރިކަން ލިބޭނެކަމަށް ހީކޮށް ތަންތަން ބަނގުރޫޓް ކުރުމުގެ ޕްލޭންތައް މިހާރުވެސް އިދިކޮޅު ފަރާތްތަކުން ރާވަމުންދާކަމަށެވެ.

"ފައިސާ ކޮޅެއް ތަނެއްގައި ހުރެއްޖެކަން ކިރިޔާ އެނގުނަސް އެ ފައިސާ ކޮޅު ގެ ދުވަސް ދުއްވާލުމަށް ހީލަތްތެރި ރޭވުމެއް ރާވަންވާނެ، ވެރިކަން ނުލިބެނީސް މިހިރަ ފެންނަނީ ތަންތަން ދަވާލުމުގެ ވިސްނުން." ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ މުއިއްޒު ސިޔާސަތު އިއުލާންކުރެއްވީ ޕެންޝަން ގާނޫނުގައި އޮތް އެއްޗެއް ވެސް ބަލާލުމެއްނެތިކަމަށެވެ. އަދި ސަމީރު ވަނީ ޕެންޝަން ފަންޑާއި ކުޅެން އުޅެނީ ޕެންޝަނަރުންގެ ފައިސާ ބަރާބަރަށް މަހުންމަހަށް ލިބޭތީ އެކަމާއިވެސް ކަންބޮޑު ވާތީތޯއޭ ވިދާޅުވެ ސުވާލު އުފައަލްދަވަފައެވެ،‏


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން