ޑިމޮކްރެޓިކް އުޞޫލުތައް ޙިމާޔަތްކުރުމަށް ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުން ކަމަށް ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާތުގައި ކުރެއްްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އެއް އަސާސަކީ ޑިމޮކްރެސީ ކުރިއެރުވުމާއި ހެޔޮވެރިކަމެއް ޤާއިމްކުރުންކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިމޮކްރެޓިކް އުޞޫލުތައް ޙިމާޔަތްކުރުމަށް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ޓްވީޓްގައި ވަނީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގައި އަންނަން އޮތް ޖީލުތަކުން އެދޭ ޑިމޮކްރެޓިކް މުސްތަޤްބަލެއް ބިނާކުރުމަށް ބާރުވެރިކުރުވަން ގޮވާލައްވާފައެވެ.



ޑިމޮކްރަސީ ދުވަހުގެ މުނާސަބާތުގައި ރައީސް ސަލީހުވެސް ހިތާބެއް ފޮނުއްވެވިއެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ އިޤްތިޞާދީ ފުދުންތެރިކަމާއެކު ލިބޭ ކުރިއެރުމުގައި، އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ، ޒަމާނީ ޑިމޮކްރެސީ ކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން