އަހުމަދު މަސްނޫމް   16 ސެޕްޓެމްބަރު 2023 - 1:39
ސަރުކާރުން ކުރިއަށްގެންދިޔަ މ.ދިއްގަރު ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ދިއްގަރު ބިން ހިއްކުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ މާޗުމަހުއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނިން ކުރިއަށްގެންދިޔަ ދިއްގަރު ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވާކަމަށެވެ.



ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. އަދި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، ބޭރުތޮށިލުންވެސް މިމަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫޢަކީ 121.84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން