ރިޔާސީ އިންތިހާބުގައި ތާއީދުކުރުމާއި ގުޅޭގޮތުން ޕީޕީއެމް/ޕީއެންސީއާއެކު ކުރިއަށްދިޔަ މަޝްވަރާތައް ކުރިއަށް ނުގޮސް ހުއްޓިފައިވާކަމަށާއި، އަދި މިވަގުތު އެ މަޝްވަރާތައް ކުރިއަށްދަނީ އެމްޑީޕީއާއެކު އެކަނިކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ޕީޕީއެމްއާއެކު ކުރިއަަށްދިޔަ މަޝްވަރާތައް ހުއްޓުނީ އެއްވެސް ކަމަކާ އެއްބަސްވެ، ސޮއިކޮށްގެން ކުރިއަށް ދާން ޕީޕީއެމުން އެއްބަސްނުވާތީ ކަމަށެވެ.

ހަސަން ވިދާޅުވީ އެއްޗެއްގައި ސޮއިނުކޮށް، ޕީޕީއެމްއާ އެކީ ޑިމޮކްރެޓުންނަށް މަސައްކަތެއް ކުރަން ވަރަށް ދަތިކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ސިޔާސީ ޕާޓީއެއް ޑިމޮކްރެޓްސް އަކީ ވެސް. ޕާޓީގައި އޮންނަން ޖެހޭނެ، ޕާޓީން އެއްބަސްވާ ކަންކަން." ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި ޕީޕީއެމްއަށާއި އެމްޑީޕީއަށް ވެސް ޑިމޮކްރެޓުން ހުށަހެޅި ހުށަހެޅުމަކީ ރާއްޖޭގައި ވެރިކަންކުރުމުގެ ނިޒާމު އަލުން ކަނޑައެޅުމާއި މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ހުށަހެޅުމެވެ.

ހަސަން ވިދާޅުވީ ޕީޕީއެމްއާއެކު ކުރިއަަށްދިޔަ މަޝްވަރާތައް ހުއްޓުނަސް، އެމްޑީޕީއާ އެކު މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.

ޕީޕީއެމްއާއި އެމްޑީޕީއަށްފަހު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ދަ ޑިމޮކްރެެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން