ކުޅުދުއްފުށީ ސްކޫލުގެ ލޭބަރ ކުއާޓާއެއްގައި އަލިފާން ރޯވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގެ 400 ހައުސިންގ ޔުނިޓްގެ ލޭބަރ ކުއާޓާއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައި ވެއެވެ.

މިއަދު މެންދުރު 14:35 ހާއިރު ހާދިސާގެ ރިޕޯޓް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ރޯވެފައިހުރި އަލިފާން 15:05 ހާއިރު ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން