ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާއި ގުޅޭގޮތުން މިވަގުތު ނިޒާމީ ވޯޓަކަށް ދާންނުޖެހޭ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމުހޫރީ ޕާޓީން ތާއިދު ކުރާނެ ކެންޑިޑޭޓަކާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވީ ވެރިކަމުގެ ނިޒާމް ކަނޑައެޅުމާއި ގުޅޭގޮތުން މިވަގުތު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންނުޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނެސްފިނަމަ ކަންކަން މިހާރަށް ވުރެ ބޮޑަށް ގޯސްވެ، ރައްޔިތުންނަށް ލިބޭ ނިކަމެތިކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް ޤާސިމް ވިދާޅުވިއެވެެ.

"ނޫން އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން އެއީ، އިންފެކްޓް ނިޒާމީ ވޯޓެއް ނަގައިގެން އެކަމަށް ދާންވެސް އެއީ ރައްޔިތުންނަށް ފައިދާ ހުރިގޮތެއް ނޫން، ބަރުލަމާނީ އެއް ދިވެހި ރާއްޖެއަށް ގެނެސްފިއްޔާ އަދި މިހާރަށްވުރެ މާ ނުބައިވާނެ، ރައްޔިތުންނަށް މާ ނިކަމެތިވާނެ،" އާ ގާނޫނޫ އަސާސީ ޑްރާފްޓްކުރި ޚާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޤާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން