ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ޢަލީ އާރިފް އިސްތިއުފާ ދެއްވައިފިއެވެ.

ޢަލީ އާރިފް މި މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާންކުރެއްވީ މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމަށްފަހުގައެވެ.

އަލީ އާރިފް އެ މަގާމުން އިސްތިއުފާ ދިނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރަން ޖުމްހޫރީ ޕާޓީ އިން މިއަދުގެ ބައްދަލުވުމުގައި ނިންމައިފައިވަނިކޮށެވެ.

ޖުމުހޫރީ ޕާޓީން އެގޮތަށް ނިންމާފައިވަނީ މިއަދު ކުރިއަށްދިޔަ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ.

މިބައްދަލުވުމުގައި ނިންމެވި ނިންމެވުން ހާމަކުރަށްވައި ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ދެވަނަ ބުރުުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކޮށް "ސައިލެންޓްކޮށް" ތިބުމަށް ނިންމުމާއެކު ޕާޓީ ކުރިއަރުވަން މަސައްކަތް ކުރުމަށް އެޕާޓީގެ ކައުންސިލުން މިއަފު ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކެމްޕޭންގައި ތާއިދު ހޯދުމަށްޓަކައި ދެއްކި ހުރިހާ ވާހަކަތަކެއްގެ އަލީގައި އަޅުގަނޑުމެންނަށް ފެންނަން ހުރި ޑޮކިއުމަންޓްތައް ފެންނަން ހުރިގޮތުންނާއި މިހުރިހާ އެއްޗަކަށް ބަލާއިރު އަޅުގަނޑުމެން ދެއްކި ވާހަކަ އެއީ ތެދު ވާހަކަ ކަން އަޅުގަނޑުމެންނަށް ޔަގީންވާތީއާ އެކީގައި މި ފަހަރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއިދު ނުކޮށް ސައިލެންޓް ކޮށް އަޅުގަނޑުމެން ތިބޭނީ، ތިބެފައި އަޅުގަނޑުމެން މަސައްކަތް ކުރާނީ ޕާޓީ ކުރިއަރުވަން،" ޤާސިމް ވިދާޅުވިއެވެ.

ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރަން ޖުމުހޫރީ ޕާޓީން މިއަދު ނިންމިއިރު ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ކެމްޕޭން ޓީމާއެކު ޖުމްހޫރީ ޕާޓީން ވަނީ މަޝްވަރާތަށް ކުރިއަށް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން