ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވޯޓް މަދުވީ ޖޭޕީން ތާއީދުކޮށްގެން ގެނައި ސަރުކާރުތަކުން ކޮށްފައި ހުރި ވިޔާނުދާ ކަންކަން އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުމުން ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެެވެ.

ޤާސިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީން ކުރިއަށްދާނެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި މަދުން ވޯޓު ލިބިވަޑައިގަތީ އެމަނިކުފާނު ތާއީދުކުރަށްވައިގެން ގެނައި ސަރުކާރުތަކުން ކޮށްފައި ހުރި ވިޔާނުދާ ކަންކަން އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުމުން ކަމަށެވެ. އެގޮތުން މިފަހަރުގެ އިންތިހާބުގައި މަދުން ވޯޓު ލިބިވަޑައިގެންނެވީ ވެސް ވިޔާނުދާ ސަރުކާރުތައް ގެންނަން މަސައްކަތް ކޮށްދެވިގެން ކަމަށާއި ކޮރަޕްޝަނާއި ރައްޔިތުންނަށް ހިޔާނާތްތެރިވާ މީހުން ވެރިކަމަށް ގެންނަން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުން ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް ސިޔާސީ މައިދާނުން ރިޓަޔާނުކުރަށްވައި އިސްލާހީ މަސައްކަތުގައި އަދިވެސް ދެމި ހުންނަވާނެ ކަމަށެވެ. އަދި މިވަގުތު ސިޔާސީ މަޝްރަޙުގައި އެމަނިކުފާނަކީ މިހާރު މާ "ރެލެވަންޓް" ބޭފުޅެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"މި ހިނދަށް އަޅުގަނޑު މާ ރެލެވެންޓް މީހެއް ކަމަކަށް ވެސް ނުދެކެން. އެއީ އަޅުގަނޑަށް އުމަރު ނަސީރަށް ވުރެ ދަށުން ވޯޓު ލިބިގެން އައިމާ، މާ ރެލެވެންޓް މީހަކަށް ހެދިގެން، މާ ބޮޑު މީހަކަށް ހެދިގެން އުޅޭކަށް ވެސް ބޭނުމެއް ނޫން، އެހެން އެ ވީ، ކުރީގެ ސަރުކާރުތަކުން ކޮށްފައި ހުރި ވިޔާނުދާ ކަންކަމުގެ ސަބަބުން. އެ ބްލޭމް އަޅުގަނޑުގެ ބޮލުގައި އެޅެނީ،" އާ ގާނޫނޫ އަސާސީގެ ދަށުން ވެރިކަމަށް އައި ހުރިހާ ސަރުކާރެއް ވެރިކަމަށް ގެނައުމުގައި އިސްދައުރެއް އަދާކުރެއްވި ޤާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން