ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ލޯކަލް ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިިކުފާނު މިހެން ވިދާޅުވީ ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަން ގެންދަވާ ދަތުރުފުޅުގެ ތެރެއިންެނެވެ.

ހދ.ގެ ރަށްތަކަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވަނީ އެ ރަށްތަކަށް ކޮށްދެއްވާނެ ކަންކަމާއި އަންނާނެ ތަރައްގީއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ލޯކަލް ކައުންސިލްތަކުގެ ކަންކަމުގައި އެހީތެރިވެދީ، ބޭނުންވާ ކަންކަން ފަހިކޮށްދޭން ހާއްސަ މިނިސްޓްރީއެއް އުފައްދާނެކަމަށެވެ. އެކަމުގެ ސަބަބުން ކައުންސިލްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ވެގެންދާނޭކަންވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ގައުމީ ތަރައްގީގެ 20 އަހަރު ދުވަހުގެ މާސްޓަރ ޕްލޭނެއް އެކުލަވާލައި، ގާނޫނީ ބާރުވެރިކަން އެ ޕްލޭނަށް ދޭނެކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއް ސަރުކާރުން ފަށައި މަސައްކަތް އަނެއް ސަރުކާރުން ހުއްޓާލުން ނުވަތަ ކުރިއަށް ނުގެންދިއުން ހުއްޓުމަކަށް އަންނާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން