ހުޅުމާލެއިން ގެއްލިގެން ހޯދަން އުޅުނު ދިވެހި ފިރިހެންމީހާ ފެނިއްޖެ ކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 50 އަހަރުގެ ހއ. ދިއްދޫ/ ގުލްފާމްގޭ، އިސްމާއިލް މާހިރު ފެނުނީ މިއަދު ހަވީރު 16:40 އެހައިކަންހާއިރު މާލެއިން ކަމަށެވެ. އޭނާގެ ޙާލު ރަނގަޅުކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އިސްމާޢީލް މާހިރުގެ އާއިލާއަށް އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ ދަންވަރު 01:08 ހާއިރު ކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން