އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުތަކަކީ އެއްވެސް ޕްލޭނެއް ރޭވުމެއް ނެތި ވަމުންދާ ވައުދުތަކެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިރޭ ވިދާޅުވެެއްޖެއެެވެ.

ރައީސް މިހެން ވިދާޅުވީ ސޯސަން ޖަގަހައިގައި ކެމްޕޭން ޓީމުތަކާ މިރޭ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުމުގައި ވާދަވެރި ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓް ވައުދުތައް ވެވަޑައިގަންނަވަނީ އެއްވެސް ޕްލޭނެއް ރޭވުމެއް ނެތި ކަމަށެވެ.

ރައްޔިތުން އެ ފަރާތްތަކަށް ވޯޓްދިނުމުގެ ކުރިން އިދިކޮޅުގެ މެނިފެސްޓޯގެ ވައުދުތަކާއި މެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިދިކޮޅުން އެފަދަ ވައުދުތައް ވަނީ ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމަށް އައުމުގެ ބޭނުމުގައި ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެެ.

"ތިބޭފުޅުން ބައްލަވާ މިހާރު އެ ވަމުންދާ ވައުދުތައް، ބަނގުރޫޓްވެފައި އޮތް ގައުމެއްގައި އެކަން ކުރާނީ ކިހިނެއްތޯ؟ އެއް ފަރާތުން މި ބުނަނީ ބަނގުރޫޓްވެފައޭ އަނެއް ފަރާތުން މުސާރަ ދެގުނަ ކުރާ ވާހަަކަ. އަނެއް ފަރާތަކުން އެ ބުނަނީ ކުއްޔަށް ދީފައި ހުރި ތަންތަނުގެ ކުލި އެކީގައި ކަނޑާލާ ވާހަކަ، މިއީ ކުރެވޭނެ ކަމެއްތޯ މިކަމާ މެދު ވިސްނައި ރައްޔިތުންނަށް އެކަން ހަނދާންކޮށްދޭން އެބަޖެހޭ،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން