އެމްޑީއޭ އިން މަޑުޖެހިލީ ހާސްވެގެން ނޫން ކަމަށާއި ރާޒުވާ ކުޅިބައި އަތުރާލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަގުތުކޮޅެއް ދޭން ކަމުގައި އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

ސޯސަން ޖަގަހައިގައި ރޭ އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ރައީސް ޞާލިޙަށް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވޭނެ ކަމަށާއި އެމްޑީޕީގެ އަސްލަށް ރުޖޫއަވަންދެން އެމްޑީއޭ ގަދަކޮށް، ގެއަށް ނުދާނެ ކަމަށެވެ. އޭނާ ވަނީ ރައީސްގެ ރާޒުވާ ކުޅުމުގެ ހުނަރުވެރިކަން ފާހަގަކުރައްވާ ގައުމަށް އަމަން އަމާންކަމާއި ސުލްހަވެރިކަން ގެނެސްދެވޭނީ އެމްޑީޕީ ފަދަ ސުލްހަވެރި ޕާޓީއަކަށް ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށްޓަކައި ގުޅިފައިވާ ޕާޓީތަކުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުންދާ ކަމުގައި ވިދާޅުވިއެވެ.

އެގޮތުން، އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް (ސަން ޓްރެވެލް ސިޔާމް) ހުންނެވީ އަދިވެސް ރައީސް ޞާލިހާއި އެއްކޮޅަށް ކަމަށާއި ހުރިހާ ބޭފުޅުންވެސް ކެމްޕޭންގެ ހަރަކާތްތައް ބާރަށް ކުރިއަށް ގެންދަވަން އޭނާ އިލްތިމާސްކުރެއްވިއެވެ.

މައުރޫފް ވިދާޅުވިގޮތުގައި މިއަދު އެމްޑީޕީ ފެންނަނީ އެ ޕާޓީގެ އަސްލުގެ ގޮތުގައެވެ. ޑިމޮކްރެސީއާއި އިންސާނިއްޔަތު ގާއިމުކުރުމުގައި ކާމިޔާބު ހޯއްދެވި އެމްޑީޕީގެ ރޫހުގައި މަސައްކަތްކޮށްފިއްޔާ އަދިވެސް ރާއްޖެއަށް އުފާވެރިކަން ގެނެސްދިނުމުގައި ކާމިޔާބީ ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމައެއާއިއެކު، އޭނާ ވަނީ އެމްޑީޕީން ވަކިވެވަޑައިގަތް ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށްވެސް އެ ޕާޓީއާއި އަލުން ގުޅިވަޑައިގަތުމަށް އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން