ޒަހީނުއްދީން ސަޢީދު   17 ސެޕްޓެމްބަރު 2023 - 21:23
ނިޒާމު ބަދަލު ކުރުމާ ބެހޭ ގޮތުން މިވަގުތު ޖަލުގައި ހުންނެވި ރައީސް ޔާމީން އަބުދުލްގައްޔޫމާ ބައްދަލު ކުރަށްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން ޔާމިން އެކަމާ ދެކޮޅު ހައްދަވައިފިއެވެ.

މި މަހު 30 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމާ ބެހޭ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެ މަނިކުފާނުގެ ދަ ޑިމޮކްރެޓްސް ޕާޓީން އެހެން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާތައް ވަނީ ފަށާފައެވެ. އަދި އެކަމުގައި މިހާރު ޖަލުގައި ހުންނެވު ރައީސް ޔާމީނާއި ބައްދަލު ކުރުމަށް ރައީސް ނަޝީދު އިއްޔެ ވަނީ އެދިވަޑައިގެންފައެެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ، ރައީސް ނަޝީދާ ބައްދަލުކުރައްވަން ޔާމީން އިންކާރު ކުރައްވާފައިވާ ކަމަށެވެ. އަދި އެކަން މިހާރު ރައްޔިތުންގެ މަޖިލީހަށް އަންގައިފަައިވާ ކަަމަށް ކަރެކްޝަނުން ވަނީ ބުނެފައެެވެ.

އިއްޔެ ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ވަނީ ނިޒާމީ ވޯޓަކަށް ދިއުމަށް ރައީސް ޔާމިންގެ ވިސްނުންފުޅު ހުރި ގޮތެއް ބެއްލެވުމަށް ޔާމީނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް މެދުވެރިކުރަށްވައި މިއަދު އެކަން ކުރަށްވާނެ ކަމަށް ނަޝީދު ވިދަޅުބިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން