ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަކީ ވަޒީރަކަށް ހުންނެވި އިރުގައި ސާހިބުމީހާ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވީއިރު އަޅާނުލެއްވި ބޭފުޅެއް ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. މުޙައްމަދު އިޔާޒް މިއަދު ވިދާޅުވީ ޑރ. މުޢިއްޒަކީ ވަޒީރަކަށް ހުންނެވި އިރުގައި ސާހިބުމީހާ ރައްޔިތުންގެ ފައިސާއަށް އިންތިހާ ދަރަޖައަށް ހިޔާނާތްތެރިވީއިރު އަޅާނުލެއްވި ބޭފުޅެއްކަމަށެވެ. އަދި އެއީ އެމަނިކުފާނަށް ވޯޓު ނާޅަންވީ އެންމެ ބޮޑު ސަބަބު ކަމުގައި ޑރ. އިޔާޒްގެ ވިދާޅުވެފައި ވެއެވެ.

"ޞާހިބުމީހާ ރައްޔިތުންގެ ފައިސާއަށް އިންތިހާ ދަރަޖައަށް ޚިޔާނާތްތެރިވެ، އަނިޔާވެރިކަން އިސްކޮށްހެދިއިރު، އެކަމާ އަޅައިނުލައި ވަޒީރެއްގެ ގޮތުގައި ހުންނެވިކަމީ

މުއިއްޒަށް ނޫނެކޭ ބުނަންޖެހޭ އެންމެ ބޮޑު އެއް ސަބަބު. މަޤާމެއްނެތްނަމަވެސް ދުނިޔޭގައި ތަނަވަސްކަމާއި އުފަލުގައި އުޅެވޭނެ ގޮތް ﷲ ވަނީ ތަނަވަސްކޮށް ދެއްވާފައި." ޑރ. އިޔާޒު ވިދާޅުވިއެވެ.

އަދާލަތު ޕާޓީގައި އިސްކޮށް އުޅުއްވާ ޑރ. އިޔާޒަމީ ރައީސް ޞާލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރަށްވައި ރައީސްގެ ރިޔާސީ ކެމްޕޭންގައި ވެސް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ. މި އިންތިހާބުގެ ކެމްޕޭންގައި އިޔާޒުގެ މިފަދަ ބަހުގެ ހަމަލާތަކާއި ފާޑުކިއުންތައް އެންމެ ގިނައިން އަމާޒުކުރަށްވާ އެއްބޭފުޅަކީ ވެސް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން