ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ފާރިސް މައުމޫނާއި އޭނާގެ ޓީމުން ތާއިދު ކުރުމަށް ނިންމާ ފަރާތެއް ކަނޑައެޅުމުގެ ކުރިން އެ ދެ ފަރާތަށް ހިއްސާކޮށްފައިވާ ކަރުދާހުގެ ކޮޕީއެއް ހާމަކޮށްފިއެެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން އެ ކޮޕީ ހާމަކޮށްފައިވަނީ ޓުވީޓާގައެވެ. ހަތަރު ސަފްހާ ހިމެނޭ އެ ލިޔުމުގައި އޭނާ ހުށައަޅުއްވާ އެކަންކަން ތަންފީޒު ކުރަން ފާރިސްގެ ޓީމުން ވަކި ތާރީހުތަކެއް ވެސް ހިމަނާފައިވެއެެވެ. އެގޮތުން އެއްވެސް ގައުމެއްގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި އުޅޭނަމަ އެކަން ސަބަބާއެކު ހާމަކުރުމާއި އުތުރުތިލަފަޅުގެ އެއްބަސްވުމާއި ހަނިމާދޫ އެއާޕޯޓް އެގްރީމަންޓާއި އައްޑޫ ޕޮލިސް އެކަަޑަމީގެ އެގްރީމަންޓް މަޖިލީހާއި ހިއްސާ ކުރުމާއި ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ބަދަލު ކުރިކަން މޮރިޝަސް ސަރުކާރަށް އެންގުމާއި އިޓްލޮސްގެ ނިންމުން އަލުން މުރާޖާ ކުރަން ފާރިޝް ވަނީ ހުުށައަޅުއްވާފައެވެ.

މީގެ އިތުުރުން ރިޔާސީ ނިޒާމު ފިޔަވާ އެހެން ނިޒާމަކަށް ތާއީދު ނުކުރާނެކަން ހާމަކުރުމާއި މަޖިލީހުގެ ގޮޑީގެ އަދަދު މަދުކޮށް މުސާރަ ކުޑަކުރުމާއި މެންބަރުން ވަކިކުރެވޭނެ ގޮތް ކަނޑައެޅުމާއި މެންބަރަކަށް ވުމުގެ ޝަރުތު ޒަމާނާ އެކަށީގެންވާ ގޮތަށް ބަދަލު ކުރުމާއި މަޖިލީސް މެންބަރުންނަށް ވިޔަފާރި ނުކުރެވޭ ގޮތް ހެދުމާއި އަންހެނުންނަށް ހާއްސަ ކޯޓާއެއް ކަނޑައެޅުމާއި ކްރިމިނަލް ޖަސްޓިސްގެ ނިޒާމު ހަރުދަނާ ކުރުމަށް ވެސް ހުށައަޅުއްވާފައިވެއެވެ.

އަދި ސިވިލްސާވިސްގެ އޮނިގަނޑު އިސްލާހުކޮށް ހަރުދަނާ ކުުރުމާއި ވެރިކަން ހިންގުން ހަރުދަނާ ކުރުމާއި އެ ދެ ދާއިރާއިން ފާހަގަ ކުރެވޭ ކަންތައްތަކެއް ކުރުމަށް ވެސް ތަފްސީލާއެކު ހުށައަޅުއްވާފައި ވާއިރު ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ އާއިލާތަކަށް އިންސާފު ހޯދާ ދިނުމަށް ވެސް ފާރިސް ހުށައަޅުއްވާފައި ވެއެވެ. އެކަން އާ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުވުމަށް ވެސް ފާރިޝް ހުށައެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން