މަގުމައްޗަށް ނިކުމެވަޑަައިގަތީ އަލަށް ނޫން ކަމަށާއި އާންމުން އެކަމަނާއަށް ފުރައްސާރަ ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވިދާޅުވެއްޖެއެވެ.

ފަޒުނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އެކަމަނާގެ ފިރިކަލުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ހޯއްދަވަން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުތަކަށް ޒިޔާރަތްކުރެއްވުމުން ބަޔަކު މީހުން ހިތްހަމަނުޖެހުން ފާޅުކުރުމާއި ގުޅިގެންނެެވެ.

ސޯޝަލް މީޑިއާގައި އެ މަންޒަރުތައް ފެންނަ ވީޑިއޯތައް މިހާރު ދަނީ ދައުރުވަމުންނެެވެ. އެ ވީޑިއޯތަކުން މެޑަމް ފަޒްނާ އެ ސަރަހައްދުގައި އުޅުއްވި ވަގުތު، ބަޔަކު ވަނީ އެކަމަނާއާ ދެކޮޅަށް އަޑު އުފުލައި، ހަޑިހުތުރު ބަސް ގޮވާ އަޑުއިވެއެވެ.

"ހުޅުމާލެ ފޭސް 2 އަށް މިއަދު ދޮރުން ދޮރަށް ހިގަން ދިޔައިމެވެ. އެތާ ތިބި ބޮޑު ދެފިރިހެނުން އަޅުގަނޑު ފަހަތުން ފުރައްސާރަ ކުރަމުން ހިނގިއެވެ. އެމީހުން އެއީ އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރާ ދެމީހުން ކަމަށްވެއެވެ. އެކަމުގެ އެއް ހެއްކަކީ އަޅުގަނޑާ އެކުހުރި އެމްޕީ ނިޔާޒް، ހުޅުމާލެ ކައުންސިލް މެންބަރ ގުޅުމުން “އެހެން ހޭ، ތަންކޮޅެއްދެން ހޔތކޑ ދޯއޭ، ތިމަންނަ މިހިރީ ރާއްޖޭން ބޭރުގައޭ، މި ބަލަނީ އޭ” ބުނެފަވާތީއެވެ." ފަޒުނާ ލިއުއްވާފައި ވެއެވެ.

ފަޒުނާ ވިދާޅުވީ އެކަމަނާއާއި ދިމާކުރި ދެ ފިރިހެނުން ފުރައްސާރަކުރަމުން ނުހިނގި ނަމަ އެކަމަނާ އެތަނަށް ވަޑައިކަންވެސް ގިނަމީހުންނަށް ނޭގޭނެ ކަމަށެވެ. އަދި މި ހުތުރު އަމަލުގެ ސަބަބުން އެކަމަނާއަށް ވީ ފައިދާ ކަމަށް ފަޒުނާ ވިދާޅުވިއެވެ.

"މީހުން އައިސް ސަލާންކޮށް ގައިގަ ފިރުމާ އަޅުގަނޑާ އެކު ފޮޓޯނަގަން އެދުނީއެވެ. ނުވިތާކަށް އަޅުގަނޑު ދާން ޝެޑިއުލްކޮށްފައި ނުވާ ފްލެޓްތަކުންވެސް ދައުވަތު ލިބުނީއެވެ." ފަޒުނާ ވިދާޅުވިއެވެ.

ފަޒްނާ ވަނީ މިކަމާ އެކަމަނާ ޖެހިލުން ނުވި ނަމަވެސް މިއީ ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަނާ ވަނީ އެކަމަނާގެ ހާލު ބައްލަވަން ގުޅުއްވާ މެސެޖް ފޮނުއްވަމުން ގެންދަވާ ހުރިހާ ބޭފުޅުނަށް ޝުކުރު ވެސް އަދާކުރައްވާފައެވެ. އެކަމަނާ ވަނީ ކެމްޕޭންގައި ސާބިތުވެ ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ވެސް ސަޕޯޓަރުންނަށް ދެެއްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން