ރާޔާ ރިޟާ   18 ސެޕްޓެމްބަރު 2023 - 4:11
މާލެއިން މީހަކު ގެއްލިގެން ހޯދުމުގެ ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އއ. މާޅޮސް / ހުސްނޫވިލާ، ޢަލީ ރިޝާން (21އ) ކަމަށެވެ.

މާލޭގައި ދިރިއުޅެމުންދާ ރިޝާންގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުކަމަށް އެ އިދާރާއިން ބުނެއެވެ. ފުލުހުން ބުނީ އޭނާގެ ޚަބަރެއް އެންމެ ފަހުން އާއިލާއަށް ވެފައިވަނީ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ކަމަށް އާއިލާއިން ބުނާކަަމަށެވެ.

ރިޝާންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅައި ހިއްސާކުރަން ފުލުހުން އެދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން