އެމްޑީޕީއަކީ އަބަދުވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ތަފާތު ދައްކާ ޕާޓީއެއްކަމަށާއި، ޕާޓީ ދާނީ ފަސްބެލުމެއް ނެތި ކުރިއަށްކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވެފައި މިވަނީ މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރުމަށް އެމްޑީޕީން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

މޫސަ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ތަފާތު ދައްކާނެ ޕާޓީއެއްކަމަށެވެ. އަދި އެމްޑީޕީއަކީ ހިތްވަރު ލައިގެން ވިސްނުންތެރިކަމާއެކު ސިޔާސީ މަސައްކަތްކުރާ ޕާޓީއެއްކަމަށެވެ.



މޫސަ ވިދާޅުވީ އެމްޑީޕީއަކީ ނާކާމިޔާބީގައި ހިތްވަރުގަދަކޮށް ކުރިއަށްދާ ޕާޓީއެއްކަމަށާއި ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގައި ފަސްޖެހުމެއް ނެތި އެމްޑީޕީ ދާނީ ބާރަށް ކުރިއަށްކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަަށް އެމްޑީޕީން ކެމްޕެއިންކުރަމުންދާއިރު، ދެވަނަ ބުރު ކާމިޔާބުވާނޭކަމުގެ ޔަގީންކަން އެބައޮތްކަމަށް ޕާޓީގެ އިސް ބޭފުޅުން ވިދާޅުވެއެވެ.

އިއްޔެ ބޭއްވި ޖަލްސާއެއްގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް ސާލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެންމެ އިސްކަމެ ދީގެން ކުރަން ޖެހޭ ކަމަކީ ވޯޓުލުމަށް ރީރެޖިސްޓްރީ ކުރުން ކަމަށެވެ. އަދި އެއަށްފަހު އެމްޑީޕީގެ ޓީމުތަކުން ގޭގެއަށް ޒިޔާރަތްކޮށް އެ ޕާޓީއަށް ވޯޓު ދޭން ޖެހޭ ސަބަބުތައް ބަޔާންކޮށްދިނުމަށް ރައީސް ވަނީ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން