ހިޔާ ފްލެޓް ސަރަހައްދަކީ ވަކި ބައެއްގެ ބާރު ހިނގާ ސަރަހައްދެއް ނޫން ކަމަށާއި އެސަރަހައްދުގައި ކޮންމެ މީހަކަށްވެސް މިނިވަންކަމާއިއެކު ކެމްޕެއިން ކުރުމުގެ ޙައްޤު އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރ ގާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯޔީ އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.

އިއްޔެ ހިޔާ ސަރަހައްދަށް ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ވަޑައިގަތުމުން އެކަމަނާއަށް ބަޔަކު ފުރައްސާރަ ކުރި މައްސަލައަށް އިޝާރާތް ކުރައްވައި އިލްހާމް ވިދާޅުވީ ހިޔާ ސަރަހައްދުގައި ކޮންމެ މީހަކަށްވެސް މިނިވަންކަމާއިއެކު ކެމްޕެއިން ކުރެވޭނެ ކަމަށެވެ.

"ހިޔާ ފްލެޓް ސަރަހައްދަކީ ވަކި ބައެއްގެ ބާރު ހިނގާ ސަރަހައްދެއް ނޫން. ކޮންމެ ރައްޔިތަކަށް މިނިވަންކަމާއިއެކު ކެމްޕޭން ކުރެވެންވާނެ." އިލްހާމް ވިދާޅުވިއެވެ.

އިއްޔެ ފަސްޓް ލޭޑީ ފަޒްނާ ހިޔާ ސަރަހައްދަށް ދޮރުން ދޮރަށް ކެމްޕެއިން ކުރެއްވުމަށް ވަޑައިގަތުމުން ބަޔަކު އެކަމަނާއާ ދިމާކޮށް ފުރައްސާރަ ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ސޯޝަލް މީޑިއާގައި އެ މަންޒަރުތައް ފެންނަ ވީޑިއޯތައް މިހާރު ދަނީ ދައުރުވަމުންނެެވެ. އެ ވީޑިއޯތަކުން މެޑަމް ފަޒްނާ އެ ސަރަހައްދުގައި އުޅުއްވި ވަގުތު، ބަޔަކު ވަނީ އެކަމަނާއާ ދެކޮޅަށް އަޑު އުފުލައި، ހަޑިހުތުރު ބަސްތައް އަޑުއިއްވާފައެވެ.

އިލްހާމްގެ އިތުރަށް ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއާއި އިދިކޮޅު ލީޑަރޝިޕްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އެ އަމަލަށް ފާޑުވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން