މީގެކުރިން އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސް ބޯޓުތަކެއް
މީގެކުރިން އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސް ބޯޓުތަކެއް
ރާއްޖެ ސަރަހައްދުން ބޭރުގެ 4 މަސް ބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ އަތުލައިގަތް ބޭރުގެ 4 މަސްބޯޓަކީ ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓްތަކެއްކަމަށެވެ.

މިބޯޓްތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އދ. މަހިބަދޫ "އަސުރުމާ" މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މަޢުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައިކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން