ދެވަނަ ހާފަށް ނިކުމެ ވަޑައިގަންނަވަނީ މޮޅު ފޯވާޑުންނާއި އެއްކޮށް ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން ގަލޮޅު ދެކުނު ސަރަހައްދުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވަން ނިކުންނެވި ނަމަވެސް އެކަން އެގޮތަށް ނުވިކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އެމްޑީޕީން ނިކުންނަނީ އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ފަދަ މޮޅެތި ފޯވާޑުންގެ ރޭވުންތެެރިކަމާއި އެއްކޮށް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން، ދެވަނަ ބުރުގައި ކާމިޔާބީ ޔަގީން ކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

"އަދި މި ކުޅެވުނީ އެއް ހާފް. އަޅުގަނޑުމެން މި ތިބީ ތިން ގޯލް އެއް ގޯލްގެ ޑެފިސިޓެއް ކަމުގައި ބުނެވިދާނެ. އަޅުގަނޑުމެން ހާފް ޓައިމްގައި ޗޭންޖިންގ ރޫމަށް ވަދެ ތިބީ އަލުން ރާވައިގެން. ރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ފޯވާޑުންނާއި ޑިފެންޑަރުން މިތާ އެބަތިއްބެވި. އަޅުގަނޑުމެން ދެވަނަ ހާފަށް މި ނިކުންނަނީ މިބޭފުޅުންގެވެސް ރޭވުންތެރިކަމާއި އެއްކޮށް. އިރާދަކުރެއްވިއްޔާ ޝާހު ގޯލް ޖަހާނެ. ދެވަނަ ހާފަށް މި ނިކުންނަނީ މާ ގަދަކޮށް." ރައީސް ޞާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން، މި އިންތިހާބު ދެވަނަ ބުރަކަށް ގެންދަން ބަޔަކު މަަސައްކަތް ކުރި ކަންވެސް ރައީސް ޞާލިޙު ފާހަގަކުރެއްވިއެވެ. އަދި ފުރަތަމަ ބުރުގެ ނަތީޖާގައި 30،000 ވަރަކަށް ވޯޓު އެހެން ކެންޑިޑޭޓުން ނަގާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެކަން އެނގިވަޑައިގަންނަވާތީ، އެމްޑީޕީން ދެވަނަ ބުރަކަށް ވަރަށް ރަނގަޅަށް ޕްލޭންކޮށް ތައްޔާރުވެގެން ތިބި ކަމަށް ރައީސް ޞާލިޙު ހާމަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން