ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯތިތަކުގައި މިވަގުތު 6 ބުރިއަށްވުރެ މައްޗަށް އިމާރާތްކުރަން ހުއްދަ ނުލިބުނަސް އެ އުސޫލަށް ބަދަލު ގެނެސްދިނުމުގެ މަސައްކަތް ކުރަމުން ދާ ކަމުގައި އަރބަންކޯއިން ބުނެފިއެވެ.

ހުޅުމާލެއިން ބިން ލިބުނު ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު މަސައްކަތް ފެށުމަށް އެދެމުންދާތީ، މަސައްކަތް ފެށޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން މިއަދު އެ ކޯޕަރޭޝަނުން ވަނީ އިމާރާތް ކުރުމާއި ގުޅޭ އުސޫލު ވެބްސައިޓުގައި އާންމު ކޮށްފައެވެ.

މި އުސޫލުގައިވާ ގޮތުން އިމާރާތް ކުރެވޭނެ ފަންގިފިލާގެ އުސްމިނަކީ 6 ފަންގިފިލާ ކަމުގައި ވީނަމަވެސް މި އުސްމިނަށް ބަދަލު އަންނާނެކަން އެ ކުންފުނިން ފާހަގަކުރިއެވެ. އެގޮތުން، މިހާރު ވެސް އަރބަންކޯއިން ވަނީ އިމާރާތުގެ އުސްމިން 10 ފަންގިފިލާއަށް ބަދަލުކުރުމަށް ނިންމާ ގަވާއިދު އެކުލަވާލާފައެވެ.

އަދި ކަމާބެހޭ ވުޒާރާތަކުން ފާސްކޮށް ގެޒެޓްކުރުމާއިއެކު 10 ފަންގިފިލާގެ ގަވާއިދަށް އަމަލު ކުރެވެން ފަށާނެ ކަމުގައި އެ ކުންފުނިން މައުލޫމާތުދީފައި ވެއެވެ. އެހެންކަމުން މިހާރު އެއްވެސް އުސޫލެއް ނެތި މަސައްކަތް ނުފެށިފައިވާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ގަބޫލުކުރާ ކަމަށް ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން