އަނިޔާވެރިކަން އިއާދަވާން ދިވެހިން ފުރުސަތު ނުދޭނެކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީޙުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓް ލާން ނިކުންނަ މީހުންގެ އަދަދު އިތުރުވާނެކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު ރައީސް ސާލިހު ކާމިޔާބުކުރައްވާނެ ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.



އަލީ ޒާހިރު ވިދާޅުވީ އަނިޔާވެރިކަން މަތިން ދިވެހިން ހަނދާން ނެތޭހާ ގިނަ ދުވަސް ނުވާކަމަށެވެ. އަދި އަނިޔާވެރިކަން އިއާދަވާން ދިވެހިން ފުރުސަތު ނުދޭނެކަމަށްވެސް އަަލީ ޒާހިރު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމަށްވާ ރައީސް ސާލިހާއި ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތާއީދު ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން