މީގެކުރިން ކުޅިވަރުން ޤައުމީ ރެކޯޑު މުގުރާލާ ކުޅުންތެރިންގެ އަގު ވަޒަންކުރަން މާބޮޑުކަމެއް ނުކުރިނަމަވެސް، މި ސަރުކާރުން އެ ކުޅުންތެރިންގެ އަގު ވަޒަންކުރާނެކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ކުޅިވަރާބެހޭ ވަޒީރު އަހުަމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅިވަރުން ޤައުމީ ރެކޯޑެއް މުގުރާލުމަކީ ބޮޑުކަމެއްކަމަށެވެ. ނަމަވެސް މީގެކުރިން ޤައުމީ ރެކޯޑެއް މުގުރާލި ވާހަކައަކީ ހަމައެކަނި ނޫހުން ފެންނަ ސުރުހީއެއްކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ކުޅިވަރުން ހޯދާ ބޮޑެތި ކާމިޔާބީތައް ފާހަގަނުކޮށް އޮންނަ އޮތުން މި ސަރުކާރުން ބަދަލުކޮށްފައިވާކަމަށެވެ. އަދި ޤައުމީ ރެކޯޑު ގާއިމްކުރާ އެތުލީޓުން ޤައުމީ ފެންވަރުގައި އަގުވަޒަންކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަނީ ފެށިފައިކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ކުރެއްވި ޓްވީޓާއެކު ވަނީ ކުޅިވަރުން ޤައުމީ ރެކޯޑެއް މުގުރާލާ ކުޅުންތެރިންނަށް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ އެވޯޑްވެސް ދައްކާލާފައެވެ.

ރައީސް ސާލިހުގެ ޒައާމަތާއެކު ކުޅިވަރުގެ ދާއިރާއިން ރާއްޖެއިން ދަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ބާއްވާ ކުޅިވަރު މުބާރާތްތަކުންވެސް ރާއްޖެއިން ވަނީ މީގެކުރިން ހޯދާފައިނުވާވަރުގެ ކާމިޔާބީތައް ހޯދާފައެވެ.



ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ކުރެއްވި މަސައްކަތްޕުޅާއި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކުޅިވަރުގެ ދާއިރާއިން ރާއްޖެ ހޯދި ކާމިޔާބީތަކުން އެކަނިވެސް ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ހައްޤުކަމަށްވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަޚްލޫފް ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ނުކުރެވޭވަރަށް މިސަރުކާރުގެ ފުރަތަމަ ދައުރުގެ ފަސްއަހަރުދުވަހުގެ ތެރޭގައި ކުޅިވަރު ކުރިއަރުވަން ސަރުކާރުން މަސައްކަތްތައް ކުރައްވާފައިވާކަމަށެވެ. އޭގެ ނަތީޖާވެސް ވަރަށްފޮނިކަމަށާ، ތާރީޚީ އެތައް ކާމިޔާބީއެއް އެކިއެކި ކުޅިވަރުތަކުން ރާއްޖެވަނީ މިދައުރުގައި ހޯދާފައިކަން މަޚްލޫފް ފާހަގަކުރެއްވިއެވެ.

އެގޮތުން ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ލިބުނު 28 މެޑަލަކީ ރައީސް ޞާލިޙު ރާއްޖޭގެ ކުޅިވަރު ސިޔާސަތަށް ގެނެސްދެއްވި ހެޔޮ ބަދަލުތަކާއި މުހިންމު މަސައްކަތުގެ ނަތީޖާކަމަށް މަޚްލޫފް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ކުޅިވަރުގެ ދާއިރާއިން ހޯދި އެންމެބޮޑު ކާމިޔާބީކަމަށް މަޚްލޫފް ވިދާޅުވިއެވެ.

މިދިޔަ ދުވަސްތަކުގެ ތެރޭގައި ބޮޑީބިލްޑިންގެ ގައުމީޓީމު ރާއްޖެއަށް 2 ރަންމެޑަލް، ރިހި މެޑަލަކާއި އަދި ލޯމެޑެލެއް ގެނެސްދީފައިވާކަމަށާ، ރާއްޖޭގެ ބީޗްވޮލީ ޓީމުން ރިހިމެޑަލެއް ގެނެސްދީފައިވާކަމަށާ، މިއީ މިފަހުގެ ދުވަސްތަކުގައި އެކަނި ހޯދިފައިވާ ބޮޑެތި ކާމިޔާބީތައްކަމަށާ، މިނޫނަސް މިފަދަ އެތައް ކާމިޔާބީއެއް މިވެރިކަމުގައި ކުޅިވަރުގެ ދާއިރާއިންވަނީ ހޯދާފައިކަން މަޚްލޫފް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން