ގަލޮޅު ދަނޑުގެ މަސައްކަތަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވިކަމަށް ބުނާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ސަރުކާރުން މިިކަން ހާމަކޮށްފައި މިވަނީ ގަލޮޅު ދަނޑުގެ މަސައްކަތަށް 12.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވިކަމަށް ބުނެ ހަބަރުތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ގަލޮޅު ފުޓުބޯޅަ ސްޓޭޑިއަމް ބިނާކުރުމަށް މި ސަރުކާރުން މިހާތަނަށް 12.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަލޮޅު ދަނޑުގެ މަސައްކަތަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވިކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއްކަމަށެވެ. އަދި އެއީ ނޫހަކުން ފަތުރާފައިވާ ދޮގު ހަބަރެއްކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

"ދޮގުރެސްއިން ކަނޑައެޅިގެން ހަދާފައިވާ ބޮޑު ދޮގެއް" މަހްލޫފް ވިދާޅުވިއެވެ.

ގަލޮޅު ދަނޑު ތަރައްގީކުރުމަށްޓަކައި އިންޑިއާގެ ލޯން އެހީގެ ތެރެއިން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް އެ މަސައްކަތް ފަށާފައެއް ނުވެއެވެ. އަދި އަދި މަސައްކަތް ފަށާނެ ތާރީހެއްވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ގަލޮޅު ދަނޑަކީ ރާއްޖޭގައި ކުޅޭ ބައިނަލްއަގުވާމީ މެޗުތަކާއި ރާއްޖޭގެ ބޮޑެތި ޓީމުތަކުގެ މެޗުތައް މިދިޔަ 50 ވަރަކަށް އަހަރުވަންދެން ކުޅުނު ރަސްމީ ދަނޑެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން