ޒަހީނުއްދީން ސަޢީދު   21 ސެޕްޓެމްބަރު 2023 - 1:26
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެންފިއެެވެ.

ޖުމްހޫރީ ޕާޓީގެ ރައީސްކަން ވެސް ކުރެއްވި އަލީ ވަހީދު ވިދާޅުވީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައި މަސައްކަތް ކުރަން ލިބިވަޑައިގެންނެވި ފުރުސަތަކީ ނުހަނު އަގު ހުރި ތަޖުރިބާއެއް ކަަމަށެވެ.

"މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީން އަޅުގަނޑުު ވަކިވެއްޖައީމެވެ،" ގާސިމްގެ އިންތިހާބީ އެޖެންޓެެއްގެ ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރެއްވި އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވަނީ ދިވެހި ގައުމާއި ރައްޔިތުންގެ ސަފުގައި ދެމި ހުންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެެއްވާފައެވެ.

އަލީ ވަހީދަކީ ގާސިމާ ވަރަށް އަރިސް ބޭފުޅެކެވެ. އެގޮތުން ގާސިމް އަރިހު 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޖަރުމަނުގައި ޕާޓީގެ އެންމެ އިސްކޮށް އަދި އަރިހުގައި އިންތިހާބީ ނިންމުންތައް ނިންމުމުގައި އަލީ ވަހީދު ވަނީ މަސައްކަތް ކުރަށްވާފައެވެެ.

ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުން އަލީ ވަހީދު ވަކިވެވަޑައިގެންނެވިއިރު އޭނާ ހުންނެވީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަގާމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން