ރައްޔިތުންގެ މަޖިިލީހުން އިއްޔެ ފާސްކުރި ނިޒާމީ ވޯޓު ނެގުމާބެހޭ ގަރާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޮނުވުމުން އެކަމާއި ގުޅޭ ގާނޫނީ މަޝްވަރާތައް ފަށައިފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އީސީއަށް މިއަދު ލިބުނު މި ގަރާރަކީ ކުރިއަށް އޮތް މަހުގެ 30 ގައި ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދަން މަޖިލީހުން ފާސްކުރި ގަރާރެކެވެ.

ކޮމިޝަނުން މިއަދު ބުނީ މިކަމުގައި އީސީން އަމަލު ކުރާނެ ގޮތުގެ ގާނޫނީ ލަފާ މިހާރު ކޮމިޝަނުން ހޯދަމުން ދާ ކަމަށެވެ.

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރު ވަނީ އިލެކްޝަންސް ކޮމިޝަނުގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހަށްވެސް ފޮނުވާފަ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފައި ވެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް މީގެ ކުރީގައި ވިދާޅުވެފައިވާ ގޮތުގައި މިކަމުގެ އިންތިޚާބީ މަސައްކަތްތަކަށް 40 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި އެކަމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް 30 ނުވަތަ 40 ވަރަކަށް ދުވަސް ހޭދަކުރަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި ހަމައެއާއިއެކު، ވޯޓު ނެގުމުގެ ކުރިން ބަރުލަމާނީ އަދި ރިޔާސީ ނިޒާމަކީ ކޮބައިކަން އޮޅުންފިލުވައިދީ ރައްޔިތުން ހޭލުންތެރިކުރުވުން މުހިންމު ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މި ގަރާރު މަޖިލީހަށް ހުށަަހަލާފައިވަނީ މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުނަނަވައިގެން އުފައްދާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން