އަނިޔާވެރި ދުވަސްތައް އަނބުރާ އިޔާދަވިޔަނުދިނުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ގޮވާލައްވައިފިއެވެެ.

އިލްޔާސް މިކަމަށް ގޮވާލެއްވީ މިއަދު އާންމު ކުރި ވީޑިއޯ މެސެޖެއްގައެެވެ. އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް ޝެއިހް އިލްޔާސް ޙުސައިން ވިދާޅުވީ، މުސްތަގުބަލާ މެދު ވިސްނާއިރު މާޒީން އިބުރަތް ހާސިލުކުރަންޖެހޭ ކަމަށެވެ. އެގޮތުން މާޒީއަށް ބަލާއިރު ފެންނަން އޮތީ އަނިޔާވެރި ކަމުގެ އިންތިހާ ދުވަސްވަރެއް ކަމަށް ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދާއިރު އެއް ފަރާތުން ތަމްސީލުކުރަނީ އެ ނާމާންކަމާއި ބިިރުވެރިކަމާއި އަނިޔާވެރިކަމާއި ހިތްދަތިކަން ކަމަށެވެ. އިލްޔާސް ވިދާޅުވީ މިދިޔަ ފަސް އަހަރަކީ އޭގެ ކުރީގެ ފަސް އަހަރާ އަޅާ ބަލާއިރު ގައުމަށް ހަމަޖެހުމާއި ސުލްހަމަސަލަސްކަން އައިސްފައިވާ ފަސް އަހަރު ކަމަށެވެ. އެގޮތުން 2018 ގެ ނިޔަލަށް ގައުމުގެ ހާލަތު ކޮންމެވެސް ވަރަކަށް އޮޅުންފިލާފައި ނެތް އެއްވެސް ރައްޔިތަކު މި އިންތިހާބުގައި ވޯޓު ނުލާނެ ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.

"ދިވެހި ލޮބުވެތި އަޚުންނާ އުޚުތުންގެ ކިބައިން އާދޭހާއެކު މި އެދޭ އެދުމަކީ، ކުރީގެ މާޒީގެ އަނިޔާވެރި ބިރުވެރި ދުވަސްތައް އަލުން އިޔާދަވާނެ ނިންމުމެއް މި ރިޔާސީ އިންތިޚާބުގައި ނުނިންމެވުން،" އިލްޔާސްގެ މެސެޖްގައި ވެއެވެ.

އިލްޔާސް ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ނުގޮސް ގޭގައި މަޑުނުކޮށް ކުރީގެ އަނިޔާވެރިކަން އަޔަނުދީ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް ވެސް ގޮވާލައްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޢިބޫ

04-Oct-2023

ޢިލްޔާސް ބުނެގެން ދޭނެ ވޯޓެއް ނެތް. ސޮރީ



ޓްރެންޑިން