ކަރަންޓް ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ބިލް ބޮޑުނުވާނެ ގޮތަކަށް ފްލެޓް ރޭޓެއް ކަނޑައަޅައި ލުޔެއް ހޯދައިދޭން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ މާލޭގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވީ ކެމްޕޭނުގައި ދޮރުންދޮރަށް ކުރެއްވި ޒިޔާރަތުގައި ކަރަންޓް ބިލަށް ލުޔެއް ހޯދައިދޭން ރައްޔިތުން އެދުނު ކަމަށެވެ. އެކަން ހައްލުކުރަން ކަރަންޓުގެ އަގަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު މިވާ ގޮތަކީ ކަރަންޓު ބިލުގެ ވަކި ރޭޓުތަކެއް މިހުންނަނީ. ވަކި ވަރަކަށް ވުރެ ގިނައިން ބޭނުންކޮށްފިއްޔާ އަގު ބޮޑުވަމުން މިދަނީ. އަޅުގަނޑުމެން މިއަދު މި ނިންމަނީ މީހުން ދިރިއުޅޭ ކޮންމެ ގެއަކުން ވެސް ކަރަންޓު ރޭޓު ފްލެޓު ރޭޓަކުން ނަގާ ގޮތަށް،" ރައީސް ސާލިޙު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ބަދަލާއެކު ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރި ނަމަވެސް ބޮޑުވާ ނިސްބަތް ދެން ހުންނާނީ ވަކި ވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން