ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7000ރ. ގެ އެލަވަންސެއް ދޭން ނިއްމާފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެެ.

ރައީސް މިކަން އިއުލާން ކުރެއްވީ އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ޕްރިންސިޕަލުންގެ ހައުސިން އެލަވަންސް ބޮޑުކުރަން ނިންމެވީ އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި މަސައްކަތްކުރަން ޖެހިފައިވާ ޕްރިންސިޕަލުން ގެދޮރު ކުއްޔަށް ހިފަން ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ މައްސަލަ ދިމާވާތީ ކަމަށެވެ.

"އޭގެ ޕްރިންސިޕަލުން އަޅުގަނޑުމެންނާއި ބައްދަލުކޮށް އެވާހަކަ ދެއްކި، އަޅުގަނޑުމެން އެކަމަށް ހައްލެއް ހޯދައިދިނުމަށް މިހާރު ވަނީ ނިންމާފައި، އެގޮތުން އަމިއްލަ ރަށް ނޫން ރަށުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް ހައުސިން އެލަވަންސެއްގެ ގޮތުގައި އިތުރު 7000 ރުފިޔާ އަޅުގަނޑުމެން ދޭން މިހާރު ނިންމައިފިން،" ރައީސް ވިދާޅުވިއެވެ.

މި އެލަވަންސްގެ ތަފްސީލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވަނީ ދެއްވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ވަޒީފާ އަދާކުރާ ޕްރިންސިޕަލުންނަށް "ރޫރަލް ރިޓެންޝަން ޕޮލިސީ" ގެ ދަށުން އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން