ރައްްޔިތުންގެ ތަރައްގީއަށްޓަކައި ކުރާ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ހުވަދޫ ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރާ ވެރިކަމެއް ކޮށްދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ނިކުމެވަޑައިގެން ހުންނެވީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށެވެ.

އެމަނިކުފާނު އިތުރު ދައުރަކަށް ކުރިމަތިލެެއްވީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދީ ރައްޔިތުންގެ މުހުތާދު ތަކަށް އެހީތެރިވެ ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެެ. ރައީސް ވަނީ އެކަން ކުރުމަށް އެމަނިކުފާނަށް މަގުފަހިކޮށްދިނުމަށް އެމަނިކުފާނަަށް ވޯޓް ދެެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަށްވާފައެވެެ.

"މިކަން އަޅުގަނޑުމެންނަށް ކުރެވޭނީ ވެރިކަމުގައި ތިބެގެން، ރައްޔިތުން އެކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވަންވާނެ، އެނބުރި އަނިޔާވެރިކަމުގެ ތެރެއަށް ނުދިޔުމާއި ރައްޔިތުންނަށް ބޭނުންވެފައި ހުރި މުހުތާދުތަކާއި ޚިދުމަތްތަށް ފޯރުކޮށްދިނުމަށްޓަކައި 30 ސެޕްޓެންބަރުގައި ތިބޭފުޅުން ނިކުމެ އަޅުގަނޑުމެންނަށް ވޯޓް ދެއްވުމަކީ އަޅުގަނޑުގެ އިލްތިމާސެއް. ތިބޭފުޅުންގެ ވޯޓަކީ ގެއްލިގެންދާނެ އެއްޗެއް ނޫން، އިރާދަކުރެއްވިއްޔާ. ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރާ ވެރިކަމެއް މި ޓީމުން އަޅުގަނޑުމެން ތިބޭފުޅުންނަށް ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ، އެމްޑީޕީގެ ކެމްޕޭނާއި ސިޔާސީ ފަރާތްތަކުން ގުޅެމުންދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތިން ދުވަހުގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން އެމްޑީޕީގެ ޕޯޑިއަމުން ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރެއަކަށް ވުރެ ރެއެއްް މި ޓީމު ވަރުގަދަ ވަމުންދާނީ އެއްކަލަ ބުނާހެން އެރެއަށްވުރެ މިރޭ ޖާޑި މާ ބަރުވާނެ އިނގޭތޯ މާ ބަރުވާނެ. އެގޮތަށް އަޅުގަނޑުމެން ކުރިއަށްދާނީ،" ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަޙްމަދު އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވަމުން ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން