އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ވެރިކަމަށް ގެނެސްފިނަމަ ރައްޔިތުންނަށް ލިބިގެންދާނީ މި ރާއްޖޭގެ ތާރީހު ނުދެކޭ ފަދަ ނިކަމެތި ވެރިކަމެއް ކަމަށް ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ރޭ ވިދާޅުވެއްޖެއެވެެ.

އިލްހާމް މިހެން ވިދާޅުވީ، އޭނާ ޖުމުހޫރީ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީ އަށް ސޮއިކުރުމަށް ރޭ ބޭއްވި ހުވަދޫ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެެވެ. ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ ރައްޔިތުންނަށް ހެދޭ "މިސްޓޭކަކުން" ޑރ.މުއިއްޒު ވެރިކަަމަށް ގެނެސްފިނަމަ ދިވެހި ތާރިހު ނުދެކޭފަދަ ނިކަމެތި ވެރިކަމެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. މުއިއްޒަށް ވެރިކަން ލިބި ރައީސް ޔާމިން މިނިވަންކޮށް ގެއަށް ބަދަލުކޮށް ދެން ވާނެ ގޮތަކާއި މެދު ވިސްނާލުމަށް އިލްހާމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

"ކީއްވެތޯ އެހެން ވާން ޖެހެނީ. ބޮސް ގެއަށް ވަޑައިގަންނަވާނެ ނޫންތޯ؟ އޭގެ ފަހުން ދެން ކަންތައް ހިނގާނެ ގޮތް ވިސްނާލާ. އެންމެ ނިކަމެތި ވެރިކަން ފެނިގެންދާނީ." ޕީޕިއެމްގެ ނާއިބް ލީޑަރުކަން ވެސް ކުރެއްވި އިލްހާމް ވިދާޅުވިއެވެ.

މީގެ އިތުރުން އިލްހާމް ވިދާޅުވީ ދެވަނަ ބުރުގައި ޕީޕިއެމާއި ގުޅުމުގެ ދައުވަތު އޭނާއަށް ލިބިވަޑައިގެންނެވި ކަމަށާއި އެ ދައުވަތު ގަބޫލު ނުކުރެއްވީ ކަމަށެވެ. އަދި އެ ޕާޓީއާ ގުޅިވަޑައި ނުގެންނެވީ ކުރިމަގު ފެންނަލެއް ބިރުވެރިވެފައި ނާމާން ކަމުން ކަމަށް އިލްހާމް ވިދާޅުވިއެވެ.

އެގޮތުން ޕީޕީއެމްގެ ވެރިކަމެއް އަލުން އިޔާދަވެއްޖެ ނަމަ ހިފައި ހައްޔަރުކުރަން ޖެހޭ މީހުންނާއި އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ވެސް މަޖިލީހުން ޖާގަ ނުދީ ކަޓުވާލާނެ މެމްބަރުންގެ ލިސްޓެއް ހަދާފައިވާ ކަމަށެވެ. އެޕާޓީގެ މިސްރާބު އަދިވެސް ހުރީ ބިރުވެރިކަމާއި ނާމާން ކަމުގެ ތެރެއަށް ކަމަށް އިލްހާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން