ފޮޓޯ: ސަން މީޑިއާ
ފޮޓޯ: ސަން މީޑިއާ
މިއަދު މުޅި ރާއްޖެއަށް އުދައިގެ އަސަރު ކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މެންދުރު 02:45 އިން ފެށިގެން މިރޭ 06:45 އާއި ދޭތެރޭގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން، މިއަދުވެސް މުޅި ރާއްޖެއަށް ހުދު ސަމާލު ވަނީ ނެރެފަވެއެވެ.

އަދި ހަމައެއާއިއެކު، އެކިހިސާބަށް ވިއްސާރަކުރުމުގެ އިތުރަށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. މީގެ އިތުރަށްވެސް، އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން