ޒަހީނުއްދީން ސަޢީދު   23 ސެޕްޓެމްބަރު 2023 - 0:14
ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި މަސްވެރިން ވައްޓާލީ ބޮޑު އަނދަވަޅަކަށް ކަމަށާއި އެދާއިރާ ތަރައްގީ ކޮށްދިނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުން ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ފޯރި ވަނީ ވަރަށް ގަދަވެފައެވެ. އެއާއެކު އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ޓީމުން ގެންދަނީ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެެވެ.

ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން މިއަދު ވިދާޅުވީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ކޮންމެ މަސްވެރިއަކަށް 10000 ރުފިޔާ، ކޮންމެ ދަނޑުވެރިއަކަށް 10000 ރުފިޔާ ދޭން ވައުދުވި ކަމަށެވެެ. އެހެން ނަމަވެސް ޔާމިންގެ ސަރުކާރު ނިމިގެންދިޔައިރު އެވައުދު ފުއްދިފައިނުވާ ކަމަށް ސައުދު ވިދާޅުވިއެވެ. އެގޮތުން ޕީޕިއެމްގެ ސަރުކާރުގެ 5 އަހަރު ތެރޭގައި ކޮންމެ މަސްވެރިއަކަށް 6 ލައްކަ ރުފިޔާ އާއި ކޮންމެ ދަނޑުވެރިއަކަށް 4 ލައްކަ އަށްޑިހަ ހާސް ރުފިޔާ އަށް ދަރާފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.



"އޭރު މި ވައުދު ނުފުއްދުނުތާ މަސްވެރިން ބޭނި މަސްކޮޅަށް ފައިސާ ވެސް ނުދެވުނު. މަސްވެރިން ވައްޓާލީ ބޮޑު އަނދަވަޅަކަށް." ކުރިން ޕީޕިއެމްގެ މެމްބަރެއްްގެ ގޮތުގައި ހުންނެވި ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، މަސްވެރިންގެ ހައްގުތައް ކަށަވަރު ކޮށްދީ މަސްވެރިންނަށް ހަމަ އަގު ހޯދައިދިނީ މި ސަރުކާރުން ކަމަށް ސައުދު ވިދާޅުވިއެވެ. އެގޮތުން މުޅި މަސްވެެރިކަމުގެ ދާއިރާ ތަރައްގީ ކޮށްދިނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ކަމަށް ސައުދު ވިދާޅުވިއެވެ.

"މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރަމުންދަނީ ރައީސް ސޯލިހް، މަސްވެރިންނާއި މަސްވެރިންގެ އާއިލާތައް ޕީޕިއެމްގެ ހަޑި މާޒީ އަށް ނުގޮސް އުފާވެރި އަމާން ރާއްޖެއެެއް ހޯދުމަށް އެމްޑީޕީ ޚިޔާރު ކުރަށްވާ!، އެމްޑީޕީއަކީ މަސްވެރިން، މަސްވެރިންނަކީ އެމްޑީޕީ." ސައުދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން