އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދުމުގެ ރެކޯޑް ގާއިމްކުރަން ލިވަޕޫލުން ދެކެމުން އައި ހުވަފެން އާސެނަލުން ބިލާހަކަށް ހަދައިފިއެވެ.
އާސެނަލް އަތުން ރޭ 2-1 އިން ބަލިވެ ލިވަޕޫލަށް މި ސީޒަނުގައި 100 ޕޮއިންޓް ހަމަކުރަން އޮތް ފުރުސަތު ވަނީ ގެއްލިފައެވެ. ދެން އޮތް ދެ މެޗުން މޮޅުވެގެން ވެސް ލިވަޕޫލަށް ހަމަކުރެވޭނީ 99 ޕޮއިންޓެވެ. ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓާ އެކު ލީގު ކާމިޔާބު ކުރުމުގެ ރެކޯޑް އޮތީ މީގެ ދެ އަހަރު ކުރިން ޕްރިމިއާ ލީގު 100 ޕޮއިންޓް ހަމަކޮށްގެން ކާމިޔާބު ކުރި މެންޗެސްޓަރ ސިޓީގެ އަތުގައެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލަށް ލީޑުނަގައިދިނީ 20 ވަނަ މިނެޓުގައި ސަޑިއޯ މާނޭ އެވެ. އޭގެ 12 މިނިޓް ފަހުން ލިވަޕޫލްގެ ވާޖިލް ވެން ޑައިކް ފަހަތަށް ޖައްސާލި ބޯޅައެއް ހޯދައި އާސެނަލަށް އެއްވަރުކޮށްދިނީ ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓް އެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި އާސެނަލަށް ލީޑުނަގައިދިނީ ޒުވާން މިޑްފީލްޑަރު ރީސް ނެލްސަން އެވެ.
މިއީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް ފަހު ލީގުގެ އެއް ވަނައިގައި އޮތް ޓީމެއް އަތުން އާސެނަލުން ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ ލީގުގައި ފަސް އަހަރުތެރޭ ލިވަޕޫލްގެ މައްޗަށް އާސެނަލުން ހޯދި ފުރަތަމަ މޮޅެވެ. ރޭގެ މޮޅާ އެކު އެ ޓީމު އޮތީ 36 މެޗުން 53 ޕޮއިންޓް ހޯދައިގެން ލީގުގެ 9 ވަނައިގައެވެ.
ލީގުގައި ރޭ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީން ވަނީ 2-1 އިން ރެލިގޭޝަނުގައި އޮތް ބޯންމައުތު ބަލިކޮށްފަ އެވެ. ރޭގެ މެޗްގައި ސިޓީގެ ގޯލުތައް ޖެހީ ޑޭވިޑް ސިލްވާ އާއި ގަބްރިއެލް ޖީސޫސް އެވެ. ބޯންމައުތުގެ ހަމައެކަނި ގޯލު ޖެހީ ވޭލްސްގެ މިޑްފީލްޑަރު ޑޭވިޑް ބްރޫކްސް އެވެ. ޓޮޓެންހަމުން ރަށުންބޭރުގައި 3-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރިއިރު، ޓޮޓެންހަމްގެ ގޯލުތައް ޖެހީ ހެރީ ކޭން ދެ ގޯލާއި ސޮން ހެއުން މިން އެވެ. ނިއުކާސަލްގެ ހަމައެކަނި ގޯލު ޖެހީ މެޓް ރިޗީ އެވެ. ބާންލީ ރޭ ކުޅުނު މެޗުން ވަނީ ފަހު މިނިޓްގައި ވުލްވްސްއާ 1-1 އިން އެއްވަރުކޮށްފަ އެވެ.
ލީގުގައި ލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތީ 36 މެޗުން 93 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް 36 މެޗުން ލިބިފައިވަނީ 75 ޕޮއިންޓެވެ. 63 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައިގައި ޗެލްސީ އޮތް އިރު ހަތަރުވަނައިގައި އޮތް ލެސްޓާ ސިޓީ އެއް މެޗް މަދުން ކުޅެގެން އެޓީމަށް ލިބިފައިވަނީ 59 ޕޮއިންޓެވެ. އަދި ހަމަ 35 މެޗް ކުޅެގެން ފަސް ވަނައިގައި މެންޓެސްޓާ ޔުނައިޓެޑް އޮތީ ވެސް 59 ޕޮއިންޓާއި އެކު އެވެ. ޔުނައިޓެޑަށް ފަސްވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ.

ކިޔުންތެރިންގެ ހިޔާލު