އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ތެރެއިން އިތުރު 3.3 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

އެމެރިކާ ސަރުކާރުން ގައުމުތަކަށް އެހީ ދިނުމަށް އުފައްދާފައިވާ ޔޫއެސް އެއިޑް މެދުވެރިކޮށް ރާއްޖެއަށް ދޭ އެހީ އިތުރުކުރުމަށް ނިންމިކަން އިއުލާންކޮށްފައި ވަނީ، އދގެ އާއްމު މަޖިލީހުގެ ހަވަސާގައި ކުރިއަށްދިޔަ ބައްދަލުވުމެއްގެ ތެރެއިންނެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ހަލީލްއެވެ.



އެމެރިކާއިން ރާއްޖެއަށް ދިނުމަށް ނިންމި އެހީއަކީ އިގްތިސާދީ ކުރިއެރުމަށް ކުރާ މަސައްކަތާއި ދަރަނި މެނޭޖްކުރުމާއި މުޖްތަމައުގައި އުޅޭ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ދޭ އެހީއެކެވެ.

3.3 މިލިއަން ޑޮލަރުގެ ތެރެއިން 3 މިލިއަން ޑޮލަރަކީ މުޖްތަމަޢު ބާރުވެރިކުރުމުގެ އެކި މަސައްކަތްތަކަށް ދޭ އެހީއެކެވެ. އަދި ބާކީ 3 ލައްކަ ޑޮލަރަކީ ދަރަނި މެނޭޖްކުރުމާއި ގުޅޭގޮތުން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ދެއްވި ފައިސާއެވެ.

އެމެރިކާއިން ރާއްޖެއަށް 3.3 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާއިރު، މިދިޔަ ޖޫންމަހުވެސް އެމެރިކާއިން ވަނީ ރާއްޖެއަށް 7.2 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން