ފޮޓޯ: މި ނޫސް
ފޮޓޯ: މި ނޫސް
އެމްއެމްޕީއާރްސީގެ ޚިޔާނަތުގެ މައްސަލައިފައި ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ބޭސްފަރުވާއަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

ސިންގަޕޫރުގައި ހުންނެވުމަށް އިތުރު މުއްދަތު ދެއްވާފައިވަނިކޮށް އަދީބު އެނބުރި މިރޭ ރާއްޖެ ވަޑައިގެންނެވީ ބޭސްފަރުވާގެ ފުރަތަމަ މަރުހަލާ ފުރިހަމަކުރެއްވުމަށްފަހުގައި ކަމަށް އަދީބުގެ ޕާޓީ، އެމްޓީޑީއިން ބުނެފައި ވެއެވެ.

އަދީބަށް ފަރުވާ ދެމުން ގެންދާ ޑޮކްޓަރުންގެ ލަފާގެ މަތިން އޭނާގެ ބޭސްފަރުވާގެ ދެވަނަ މަރުހަލާ ކުރިއަށް ގެންދާނީ އޮކްޓޫބަރ މަހުގެ ތެރޭގައި ކަމަށް ވެސް އެޕާޓީން ބުނެފައި ވެއެވެ. އަދި ބޭސްފަރުގެ ދެވަނަ މަރުހަލާ ފުރިހަމަކުރެއްވުމަށް ސަރުކާރުން އަދީބު ސިންގަޕޫރަށް ފުރުމަށް ހުއްދަ ދިންކަން ވެސް އެ ޕާޓީން ފާހަގަކޮށްފައި ވެއެވެ.

ނާރުގެ ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށް އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ މިއަހަރުގެ ޖުލައި 12 ވަނަ ދުވަހުއެވެ.

އަދީބު ބޭސްފަރުވާއަށް ވަޑައިގަތުމަށް ހުއްދަދިނީ، ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭރު ބުނެފައެވެ.

ބޭސްފަރުވާއަށް އަދީބަށް ދެއްވި 10 ދުވަހުގެ މުއްދަތު ޖުލައި 22 އަށް ހަމަވުމުން، އެ މުއްދަތު އޯގަސްޓް 28އާއި ހަމައަށް ކަރެކްޝަނަލް ސާރވިސްއިން ވަނީ މީގެކުރިން އިތުރުކޮށްދީފައެވެ. އޭގެ ފަހުން އެ މުއްދަތު ހަމަވުމުން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް އަނެއްކާވެސް މުއްދަތު އިތުރުކޮށްދިނެވެ.

މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ދީފައިވާ މުއްދަތު ހަމަވުމުން އަނެއްކާވެސް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި އަދީބު އެދިވަޑައިގެންނެވުމުން، އެ މުއައްސަސާއިން ވަނީ އަދީބު ބޭސް ފަރުވާއަށް ސިންގަޕޫރުގައި ހުންނެވުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދީފައެވެ.

އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެކަމަށް ދޫކުރައްވާފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައެވެ.

އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާ، 2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ޙުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެހެންނަމަވެސް، އަދީބުގެ ސިއްޙީ ހާލަތު ހުރި ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން